Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤައުމީ އޮޕަރޭޝަންގެ ތެރެއިން މިއަދު އެކަނިވެސް 80އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި

ޤައުމީ އޮޕަރޭޝަންގެ ތެރެއިން މިއަދު އެކަނިވެސް 80އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި

އައިޝަތު ރުވާ ރިފްޢަތު
346 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 23:47
ޤައުމީ އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ޤައުމީ އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި އޮޕަރޭޝަންގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުންކަމަށް އިމިގްރޭޝަންގެ އެންފޯސްމެންޓް ޑިވިޝަން ޑެޕިއުޓީހެޑް މުހައްމަދު ޖުނޭދު ވިދާޅުވި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިން މިއަދު އެކަނިވެސް 80އަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދީފި އެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނާއި ގުޅިގެން މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އެންފޯސްމެންޓް ޑިވިޝަން ޑެޕިއުޓީ ހެޑް މުހައްމަދު ޖުނޭދު ވިދާޅުވީ، މި އޮޕަރޭޝަންގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުންކަމަށެވެ. މީގެ އިތުރުން އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މުހިންމު މަޤުސަދެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ޖުނޭދު ވިދާޅުވީ، މިއަދުގެ އޮޕަރޭޝަންގައި މާލޭގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރެވިގެންދާނެކަމަށާއި، 25 ޒޯނު ކަވަރުކުރެވޭނެކަމަށެވެ. "މާލޭގެ ހަބައި ކޮށްފަ އެއްބައި ކަވަރ ކުރެވޭނެކަމަށް މި ބެލެވެނީ" އޭނާ ވިދާޅުވި އެވެ. މި އޮޕަރޭޝަނުގައި ބެލިފައިވަނީ ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގާ ދިމާތަކަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ އަހުމަދު މުޖުތަބާ ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވޭ ދެވަނައަށް އެންމެ ބޮޑު ރެއިޑް އޮޕަރޭޝަންކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 160 އޮފިސަރުންގެ އިތުރުން 66 ފުލުހުން ބައިވެރިވެފައިވެ އެވެ. މުޖުތަބާ އިތުރަށް ވިދާޅުވީ، ކުރިން ބޭއްވުނު ރެއިޑްތަކުގައި ހަމައެކަނި ގެއްލިފައިވާކަމަށް ރިޕޯޓްކުރެވިފައިވާ ބިދޭސީންނަށް އަމާޒުކުރެވުނު ނަމަވެސް، މިއަދުގެ އޮޕަރޭޝަންގައި ޤަވާއިދާ ހިލާފަށް އުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން ބެލުމުގެ ދަށަށް ގެންދެވޭނެކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ކުރިއަށް ގެންދިޔަ މި ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކުރެވިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފަ އެވެ. މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ވަނީ ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކުރެވިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ހާއްސަ މަސައްކަތެކެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

އިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

56 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

59 ދުވަސް ކުރިން - 18:08

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

87 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

122 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

130 ދުވަސް ކުރިން - 13:57