ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގެންފި

އައިޝަތު ޝިފްނާ ހުސައިން | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 23:20
އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަން.—ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަން.—ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މާލޭގެ ނުވަސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާއި ހިލާފަށް އުޅުނު 24 ބިދޭސީން އަތުލައިގެންފި.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިއްޔެ މާލެ ސަރަހައްދުގައި ފެށި ހާއްސަ އޮޕަރޭޝަންގައި 24 ބިދޭސީއަކު އަތުލައިގެނެފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިއްޔެ ބޮޑު އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިއުލާން ކުރެއްވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ.

މި އޮޕަރޭޝަން އިއްޔެ މާލެ ސަރަހައްދުގެ ފެށިއިރު، އިމިގްރޭޝަނުން ވިދާޅުވީ ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ގުރޫޕްތަކަށް ބަހާލައިގެން މާލޭގެ 9 ސަރަހައްދެއްގައި ކަމަށެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ނުވަ ސަރަހައްދު ބަލައި ފާސްކޮށް، 24 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%