ރިސޯޓެއްގައި މީހަކު މަރުވެއްޖެއެވެ. މަރުވެގެން އުޅެނީ މާލެ އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރޯސް ވުޑް ރަންފަރު ލަގްޒަރީ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ނުރަސްމީ މަސްދަރަކުން މަޢުލޫމާތު ލިބޭ ގޮތުގައި މަރުވީ ޢަރައްބެކެވެ. ޤަޠަރުގެ މިހެކެވެ. އޭނާ އަކީ ކެންޓީނުގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ މަރާލާފައި ވަނީ ކާބޯތަކެއްޗާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށް ޚަބަރު ލިބެއެވެ.

ނަމަވެސް ފުލުހުން އަދި މި ކަމެއް ކަށަވަރު ނުކުރާތީވެ، ޢެއީ ކޮން ޤައުމެއްގެ މީހެއް ކަމާއި ވަނަވަރާއި ސަބަބެއް އަދި ސާފެއް ނުވެއެވެ.