Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑްރަގްގެ ބޮޑު މައްސަލައެއްގައި 6 މީހަކު އުމުރަށް ޖަލަށް

ޑްރަގްގެ ބޮޑު މައްސަލައެއްގައި 6 މީހަކު އުމުރަށް ޖަލަށް

އައިޝަތު ރުވާ ރިފްޢަތު
308 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2025 22:49
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ޚުލާސާ

މި ހަ މީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާއިރު، އޭގެ ތެރެއިން ކޮންމެ ދައުވާއެއްގައި އުމުރު ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި

ރާއްޖެއަށް ފަހުގެ ތާރީހެއްގައި އެތެރެކުރި މަސްތުވާތަކެތީގެ އެންމެ ބޮޑު މައްސަލައިގައި، ތުހުމަތުކުރެވުނު ހަ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މި މައްސަލައަކީ 2020 ވަނަ އަހަރު ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެކެވެ.

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފަ އެވެ. އެގޮތުން، މި މައްސަލައިގައި ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްއާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލީ، ދުންފިނިގެ، އަސީލް މާހިރުއާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

މި ހަ މީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާއިރު، އޭގެ ތެރެއިން ކޮންމެ ދައުވާއެއްގައި އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

Advertisement

Advertisement 1

މީގެއިތުރުން، އަނަސް ހުސައިނާއި އަސީލް މާހިރުގެ މައްޗަށް އެ ދެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، ކޮންމެ މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ބަންގުރާ ފުޅިތައް ގެންގުޅެފައިވާތީ މުހައްމަދު ރިޔާދުއަށް ހުއްދަ ނަގަންޖެހޭކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގައި އިތުރު ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.

މި ހުކުމްތަކާއެކު، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވާއިރު، އަސީލް މާހިރު 53 އަހަރަށް ޖަލަށްލައި އޭނާ ޖޫރިމަނާކޮށްފައިވަނީ 4 މިލިއަން ރުފިޔާއިންނެވެ. އަދި އަނަސް ހުސައިނަށްވެސް 53 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، އޭނާ ޖޫރިމަނާކުރީ ދެލައްކަ ރުފިޔާއިންނެވެ. ހަމައެހެންމެ، ބަންގްލަދޭޝްއަށް ނިސްބަތްވާ އިގުބާލް 50 އަހަރަށް ޖަލަށްލައި، ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ހަމަ އެ ގައުމަށް ނިސްބަތްވާ ރިޔާދަށްވެސް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްކޮށް، ދެލައްކަ ރުފިޔާއިންވަނީ ޖޫރިމަނާކޮށްފަ އެވެ.

މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި ނަމަވެސް، ޖުވެނަލް ކޯޓުންވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުމަސްތުވާތަކެތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

1 ދުވަސް ކުރިން - 01:09

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

11 ދުވަސް ކުރިން - 14:14

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

22 ދުވަސް ކުރިން - 14:50

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

29 ދުވަސް ކުރިން - 23:51