ކީރިތި ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
މިގޮތަށް މިކަން ހަމަޖެއްސަވާފައިވަނީ، ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޟާން މަހުގެ 27 ވިލޭރޭ އިސްލާމިކް މިނިސްޓްރީން ބާއްވާ ޖަލްސާގައި ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ގުރްއާން ހިތުދަސްކުރާ ހާފިޒުންންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ހާފިޒުންނަށް، ރައީސް ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ކަން ފާހަގަކޮށްލަންޖެހެ އެވެ.






