ހާރިޖީ ވަޒީރު ހަލީލް ގަތަރަށް ފުރާވަޑައިގެންފި

އައިޝަތު ޝިފްނާ ހުސައިން | 17 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 08:34
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އެ ސަމިޓު ބާއްވަނީ ދޯހާއަށް ދިން ވައިގެ ހަމަލާއާއި ގުޅިގެން.

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެމާޖެންސީ އަރަބި އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ގަތަރުގެ ވެރިރަށުގައި ބާއްވަން ހަމަޖެހިފައިވާ އެ ސަމިޓު ބާއްވަނީ ދޯހާއަށް ދިން ވައިގެ ހަމަލާއާއި ގުޅިގެންނެވެ.

އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ދާދި ފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ އާއި ފަލަސްތީނާއި ވަށައިގެންވާ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ ނޭދެވާ އަމަލުތަކާއި ބެހޭ ގޮތުން، އިސްލާމީ ގައުމުތަކުގެ ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ޝައުގުވެރިވާ ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި ވަނީ ރާއްޖެއިން ގަތަރަށް ތާއީދު ކުރާ ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށެވެ.

އިސްރާއީލުގެ މި ހަމަލާއަކީ ނާކާމިޔާބު ހަމަލާއެއް ކަމަށް ހަމާސްއިން ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%