ގަވާއިދާ ހިލާފަށް ހިންގި ކެފޭއަކުން ވިސާ ނެތް 3 ބިދޭސީން ހިފަހައްޓައިފި

އައިޝަތު ޝިފްނާ ހުސައިން | 17 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2025 10:48
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަނުން ބުނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދެ ފިރިހެނަކާއި އަންހެނަކު ކަމަށް.

ގަވާއިދާ ހިލާފަށް މާލޭގައި ބިދޭސީއަކު ހިންގާ ކެފޭއަކުން، ވިސާ ނެތް ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދެ ފިރިހެނަކާއި އަންހެނަކު ކަމަށެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ އެ ކެފޭ ހިންގަމުން ދިޔައީ މާފަންނުގައި ކަމަށާއި، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސައްހަ ވިސާއެއް ނެތުމުން ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ހަރުކަށިކަމާއެކު ގަވާއިދުތައް ތަންފީޒު ކުރުމަށް އެކިއެކި މަސައްކަތްތައް ކޮށްފައިވެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އިމިގްރޭޝަނުން ފާހަގަކުރެ އެވެ. ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަންވޮޗް" ގެނަމުގައި ހާއްސާ ޕްލެޓްފޯމެއް ވަނީ ތައްޔާރު ކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%