އެމްއޭސީއެލް ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ޝިފްނާ ހުސައިން | 20 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 19:28
މީގެ ކުރިން ބޭއްވި ހުނަވަރު ޕްރޮގްރާމުގެ ތެރެއިން.---ފޮޓޯ: އެމްއޭސީއެލް
މީގެ ކުރިން ބޭއްވި ހުނަވަރު ޕްރޮގްރާމުގެ ތެރެއިން.---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށް ކަަމަށް އެމްއޭސީއެލުން ބުނި.

އެމްއޭސީއެލްގެ ބާއްވާ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއޭސީއެލުން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ.

އަދި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށް ކަަމަށާއި އެއީ އެ ޕްރޮގްރާމުގެ ދަށުން ފުރުސަތު ހުޅުވާލައިފައިވާ ދާއިރާތަކަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސް، ކާގޯ ސާވިސަސް، ރޭމްޕް ސާވިސަސް، މެކޭނިކަލް ސާވިސަސް، ފިއުލް ސާވިސަސް، އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެ އެވެ.

ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުވެސް ފަހިކޮށްދޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%