ސްޓެލްކޯގެ ޑިރެކްޓަރުގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އައިޝަތު މުޒްނާ އައްޔަނުކޮށްފި އެވެ.
މި ބަދަލުގެ އިއުލާނުކުރީ މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެވެ.
ޕީސީބީން ބުނީ ސްޓެލްކޯގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު އެ މަގާމުން ވަކިކޮށް މއ. ޑޯންޝައިން، އައިޝަތު މުްޒްނާ އެމަގާމަށް އައްޔަނުކޮށްފައިވަާ ކަމަށެވެ.
" ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުން ތ. ތިމަރަފުށި، ބޮޑުގެ، އަލްފާލިލް މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް މއ. ޑޯންޝައިން، އަލްފާލިލާ އައިޝަތު މުޒްނާ ވަނީ އައްޔަނުކޮށްފަ އެވެ."
މުޒްނާ މީގެ ކުރިން ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.