ދޮގު ޚަބަރު ފަތުރައި ފިތުނަ އުފައްދަން އޮންނަ ފުރުޞަތު ކުޑަ ކުރުމުގެ މަޤްޞަދުގައި ނެޕާލްގެ ސަރުކާރުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކް ކުރުމާއި ގުޅިގެން ކުރިޔަށްދާ މުޒާހަރާތައް ހޫނުވެ ކުރީގެ ބޮޑުވަޒީރު ޚާނާލްގެ އަނބިކަނބަލުން ރަޖްޔަލަކްސްމީ ޗިޓްރަކާރް (74އ) ދިރިހުއްޓާ އަންދާލައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސުޕްރީމް ކޯޓާއި މަޖިލިސްކުރާ ގެއާއި ރިޔާސީ ގަނޑުވަރުގެ އިތުރުން ސިޔާސީ ބޭބޭފުޅުންގެ ގެތަކަށް ވެސް މުޒަހަރާގެ ބައިވެރިން ދިޔައީ ޙަމަލާ ދެމުންނެވެ.
2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ބޮޑުވަޒީރުކަން ކުރެއްވި ޖައްލައްނަތުޚަންގެ އަނބިކަނބަލުން ރަޖްޔަލަކްސްމީ އަވަހާރަކޮށްލީ ކަތަމަންޑޫގެ ދައްދޫ ސަޙަހައްދުގައި މުޒާހަރާ ކުރި މީހުން އޭނާގެ ގޭގައި ހުޅު ޖަހައި ރޯކޮށްލުމުން އެ ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ޙަމަލާ ދިން އިރު، ފިރިކަލުން (ކުރީގެ ބޮޑުވަޒީރު) ޚާނާލް ހުންނެވީ ނޭޕާލްގެ އިރުމަތީގައި އޮންނަ ޖަޕާގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ޢަދަދެއްގެ ބަޔަކު އެ ގޭގެ ތެރެއަށް ވަދެ، އަލިފާން ރޯކޮށްލިއިރު ގޭގައި ހުންނެވީ އޭނާ އެކަންޏެވެ.
https://www.khulaasaa.com/post/10836