ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް އެމްއޭސީއެލްއާއި އެހެން ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓު ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓް ފުލްސްކޭލް އެމަޖެންސީއެކްސަސައިޒް (އެފެކްސް) ކާމިޔާބު ކަމާއެކު ނިންމާލައިފި ކަމަށެވެެ.
މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވި އިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށްގެންދިޔަ އެވެ. ހަރަކާތް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭވަނީ ބައްދަލުވުމެއްވެސް ބާއްވައިފަ އެވެ.
އެ އިއުލާނުގައިވަނީ ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭކަންކަމާމެދު މަޝްވަރާކޮށްފައި ވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, އެމަޖެންސީ ހާލަތެއްގައިއެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަސަލާމަތްކުރުން ކަމަށެވެ.
އަދި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިދާރާއަކުން ދެއްކެވި ޒިންމާދާރުކަމަށް އެމްއޭސީއެލްއިން ޝުކުރު އަދާކުރި އެވެ. އެމްއޭސީއެލްއިން ބުނީ އެފެކްސްގެ ބޭނުމަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެއެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާއެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަމަށެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއިއިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިންކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށްތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްލާޒިމުކުރާ ހަރަކާތެކެވެ.