Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

10 މީހުންގެ މަރަށްފަހު އިންޑޮނޭޝިއާގެ މެންބަރުންގެ އިނާޔަތް ކުޑަކޮށްފި

10 މީހުންގެ މަރަށްފަހު އިންޑޮނޭޝިއާގެ މެންބަރުންގެ އިނާޔަތް ކުޑަކޮށްފި

ޢަބްދުﷲ ޖުނައިދު
274 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2025 13:34
އިންޑޮނޭޝިއާގައި ކުރިޔަށްދާ މުޒާހަރާތަކުގެތެރެއިން / ފޮޓޯ: އެފްބީ
އިންޑޮނޭޝިއާގައި ކުރިޔަށްދާ މުޒާހަރާތަކުގެތެރެއިން / ފޮޓޯ: އެފްބީ
ޚުލާސާ

މެންބަރުންނަށް ދޭ މުސާރަ ބޮޑުވެގެން އިންޑޮނޭޝިއާގެ ރައްޔިތުން ހިތްހަމަނުޖެހި އެކަމާއި ދެކޮޅަށް ކުރިޔަށް ގެންދާ މުޒާހަރާތަކުގައި 10 މީހުން މަރުވެ، 1،000 މީހުން ޒަޚަމްވެއްޖެ.

ޢާންމު ރައްޔިތުންގެ މުސާރައަށް ވުރެ އެތައް ގުނަ އަކަށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުވެގެން، އެކަމާއި ހިތްހަމަނުޖެހި އިންޑޮނޭޝިއާގެ އެކި ސިޓީތަކުގައި ކުރިޔަށްދާ މުޒާހަރާ ތަކުގައި 10 މީހުން މަރުވެ ހާހަކަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެ ކަމަށް އިންޑޮނޭޝިއާގެ މަސްދަރުތަކުން ބުނެފިއެވެ.

މިއަދުވެސް ޖަކާޓާ، ސޫރަބަޔާ، މަކަސާރު، ޔޮގްޔާކާޓާ އަދި އެހެނިހެން ސިޓީތަކުގައި މުޒާހަރާތައް ކުރިއަށް އެބަދެ އެވެ. ހުސްވި މަހުގެ ފަހުކޮޅު ފެށި މި ހަމަނުޖެހުންތައް އުފެދުނީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި ބޯހިޔާވަހިކަމުގެ އެލަވަންސާއި އިތުރު އިނާޔަތްތައް ލިބޭއިރު، ޢާންމުންނަށް ވުރެ އެތައް ގުނައަކަށް މެންބަރުންގެ މުސާރަ ބޮޑުވުމުންނެވެ.

މުޒާހަރާތައް ފެށުމުގެ ކުރިން އިންޑޮނޭޝިއާގެ ޕާލަމެންޓް މެމްބަރުންނަށް މަހަކު ލިބެނީ ގާތްގަނޑަކަށް 6،150 އެމެރިކާ ޑޮލަރެވެ. މަޖިލީހުން އުޅުނީ އަނެއްކާވެސް އިނާޔަތްތައް ބޮޑުކުރާށެވެ.

Advertisement

Advertisement 1

މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އިންޑޮނެޝިއާގެ ސަރުކާރުން ބާރުގެ ބޭނުން ކޮށްފައިވާއިރު ގިނަ މީހުން މަރުވެ ޒަޚަމްވީ ބަޑީގެ އުންޑަތަކުންނާއި އަލިފާން ރޯކުރުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ކެބިނެޓް ބަދަލުކޮށް، ފިނޭންސް އަދި ސެކިއުރިޓީ މިނިސްޓަރުވެސް ވަކިކޮށްފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުން ހުއްޓުވާފައެވެ

ރައީސް ޕްރަބޯވޯ ވަނީ މުޒާހަރާކޮށް ތަންތަނުގައި ހުޅު ޖަހައި ޤައުމު ހަލަބޮލި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މުޒާހަރާތައް އަދިވެސް ކުރިޔަށްދާއިރު މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިންޑޮނޭޝިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

69 ދުވަސް ކުރިން - 12:34

އެމެރިކާއާއި އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިންޑޮނޭޝިޔާ ތައްޔާރު

އެމެރިކާ-އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރުއަދާކުރަން އިންޑޮނޭޝިއާ ތައްޔާރު

102 ދުވަސް ކުރިން - 16:26

އެމެރިކާ އަށް 15 ޓްރިލިއަން ދީގެން ޕީސްބޯޑަށް ވަންނަން ރެޑީ: އިންޑޮނޭޝިއާ

ޕީސް-ބޯޑާއި ގުޅެން އެމެރިކާއަށް 15ޓްރިލިއަންވެސް ދީފާނަން: އިންޑޮނޭޝިއާ

130 ދުވަސް ކުރިން - 14:22

ޖިންސީ ކޮންޓެންޓްގެ ކަންބޮޑުވުންތަކާ ގުޅިގެން އިންޑޮނޭޝިއާ އިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

އިންޑޮނޭޝިއާއިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

151 ދުވަސް ކުރިން - 21:17

ބްރިކްސް ބޭންކަށް އިންޑޮނޭޝިއާ އިން 1 ބިލިއަން ޑޮލަރު ދީފި

ބްރިކްސް ބޭންކަށް އިންޑޮނޭޝިއާ އިން އެއްބިލިއަން ޑޮލަރު

181 ދުވަސް ކުރިން - 16:22

އިންޑޮނޭޝިއާގެ ޑްރޯން ޢިމާރާތެއްގައި ރޯވެ 22 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ޑްރޯން ޢިމާރާތެއްގައި ރޯވެ 22 މަރު

182 ދުވަސް ކުރިން - 17:20