Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ހެޓްރިކް ފުރިހަމަ ނުކޮށް ރޮނާލްޑޯ ދަނޑުން ފައިބައިފި

އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ހެޓްރިކް ފުރިހަމަ ނުކޮށް ރޮނާލްޑޯ ދަނޑުން ފައިބައިފި

އައިޝަތު އީމާން
367 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 23:08
އަރްމޭނިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އޭނާގެ ރަސްމީ ސެލެބްރޭޝަން ޖައްސަނީ.
އަރްމޭނިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އޭނާގެ ރަސްމީ ސެލެބްރޭޝަން ޖައްސަނީ.
ޚުލާސާ

ވޯލްޑް ކަޕުގެ ކޮލިފިކޭޝަނުގައި އަރްމޭނިއާ ކޮޅަށް ފަސް ގޯލު ޖަހާފައިވާއިރު ރޮނާލްޑޯ އަދި ޖޯ ފްލެކްސް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ގޯލު ޖަހާފައި.

ފީފާ ވޯލްޑް ކަޕު ކޮލިފިކޭޝަނުގައި އަރްމީނިއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖެހުމަށްފަހު އެހެން ކުޅުންތެރިންނަށް ޖާގަ ދިނުމުގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ރޮނާލްޑޯ ދަނޑުން ފައިބައިފި އެވެ.

5-0 ގެ ނަތީޖާއިން ޕޯޗުގަލް މޮޅުވެފައިވާއިރު ރޮނާލްޑޯ އަދި ޖޯ ފްލެކްސް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ގޯލު ޖަހައިދީފައެވެ. ދެން ގޯލު ޖަހާފައިވަނީ ޖޯ ކަންސެލޯ އެވެ. ކަންސެލޯ ވަނީ އޭނާގެ ގޯލަށް ފަހު ޖޮޓާ ގެ ހަނދާން އައު ކުރުމުގެ ގޮތުން ޖޮޓާގެ ސެލެބްރޭޝަން ކޮށްފައެވެ.

ރޮނާލްޑޯގެ ދެވަނަ ގޯލަކީ އަރްމީނިއާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި 25 ޔާޑުގެ ދުރުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ 40 އަހަރު ފުރުނަސް އޭނާއަކީ އަދިވެސް އެފަދަ ދެވަނައެއް ނުވާކަމުގެ ހެއްކެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އަރްމީނިއާ ކޮޅަށް މިއަށް ވުރެ ދުރުން ގޯލެއް ކާމިޔާބުކޮށްފައެވެ.

Advertisement

Advertisement 1

ރޮނާލްޑޯ މިރޭ ޖެހި ދެ ގޯލާއެކު އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިވަނީ 962 އަށް އަރާފައެވެ. މިދިޔަ ހަފްތާގައި ސައޫދީ ޕްރޯ ލީގު ފަށާފައިވާއިރު އަލް-ނަސްރު ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހާފައެވެ. ކެރިއަރުގައި 1،000 ގޯލު ހަމަކުރުމަށް ރޮނާލްޑޯ މިހާރު ބޭނުންވަނީ ބާކީ 38 ގޯލެވެ. ނަމަވެސް 1،000 ގޯލު ހަމަކުރުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަން އޭނާ ވަނީ މީގެ ކުރިން ބުނެފައެވެ. މިރޭ ވެސް ފެނިގެން އެ ދިޔައީ އެކަމުގެ ހެއްކެކެވެ. ހެޓްރިކް ފުރިހަމަ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކޮށް އޭނާ ވަނީ ޓީމުގެ އެހެން ކުޅުންތެރިއެއް ގޯލު ޖެހުމަށް ފުރުސަތު ދީފައެވެ. ނަމަވެސް ޖޯ ނެވެސް އަށް އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންސް ގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލަޓްވިއާ އަދި ސާބިއާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ސާބިއާ ކާމިޔާބުކޮށްފައިވާއިރު އެންޑޯރާ ކޮޅަށް ދެ ގޯލު ޖަހާ އިނގިރޭސީވިލާތް ވަނީ މޮޅުވެފައެވެ.

ކޮލިފިކޭޝަންސްގައި ގްރޫޕް އެފް ގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 23:45 ގައި ޕޯޗުގަލް ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.

ޕޯޗުގަލްއަރްމީނިއާފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޯޗުގަލްގައި މޫނު ނިވާކުރުން މަނާކުރާ "ބުރުގާ ގާނޫނު" ތަސްދީގުކޮށްފި

ޕޯޗުގަލްގައި އަންހެން އިސްލާމީ ހެދުން އެޅުން މަނާކޮށްފި

13 ދުވަސް ކުރިން - 12:23

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

18 ދުވަސް ކުރިން - 22:08

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

38 ދުވަސް ކުރިން - 18:01

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

40 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

51 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

51 ދުވަސް ކުރިން - 04:01