Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖެހިޖެހިގެން ފަސް ބައްޔަށްފަހު ކޯޗު މޯހަން އަދި 16 އަހަރުގެ އިލާންއާ އެކު ޤައުމީ ޓީމު މޮޅުވެއްޖެ

ޖެހިޖެހިގެން ފަސް ބައްޔަށްފަހު ކޯޗު މޯހަން އަދި 16 އަހަރުގެ އިލާންއާ އެކު ޤައުމީ ޓީމު މޮޅުވެއްޖެ

އައިޝަތު އީމާން
277 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 20:43
މެޗުގައި ގޯލު ޖެހުމަށްފަހު ދިވެހިރާއްޖެއިން އުފާފާޅުކުރަނީ - ފޮޓޯ: އެފްއޭއެމް
މެޗުގައި ގޯލު ޖެހުމަށްފަހު ދިވެހިރާއްޖެއިން އުފާފާޅުކުރަނީ - ފޮޓޯ: އެފްއޭއެމް
ޚުލާސާ

ރާއްޖެ އެންމެ ފަހުން ބައިނަލްއަޤްވާމީ މުބާރާތެއްގައި މޯލުވެފައިވަނީ ނިމިދިޔަ އަހަރު ނޮވެމްބަރުގައި. މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި 16 އަހަރުގެ އިލާން ވަނީ އެސިސްޓެއް ކޮށްދީފައި.

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ފުރަތަމަ މެޗުގައި ސްރީލަންކާ ކޮޅަށް ތިން ލަނޑު ޖަހައި ޖެހިޖެހިގެން ފަސް ބައްޔަށްފަހު ދިވެހިރާއްޖެ މޮޅުވެއްޖެ އެވެ.

ޤައުމީ ޓީމު މި ފަހަކަށް އައިސް ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ނިމިދިޔަ ޖޫން މަހުގައި ކޯޗުގެ މަޤާމުގައި ހުންނެވި އަލީ ސުޒައިން ވަނީ އިސްތިއުފާ ދީފައެވެ. އެ މަޤާމާއި ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވެ އޭނާގެ އިރުޝާދު ދަށުން މިއަދު ނިކުތް މެޗުގެ ކުރިން ރާއްޖެ އެންމެ ފަހުން ބައިނަލްއަޤުވާމީ މެޗެއްގައި މޮޅުވެފައިވަނީ ނިމިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝް އަތުންނެވެ.

ކާމިޔާބީގެ އުންމީދެއްގައި އަހަރެއްވާން ކައިރިވެފައިވަނިކޮށް ރާއްޖެ މިއަދު ހަވީރު ކޮލޮމްބޯގައި ލަންކާއާ ދެކޮޅަށް ކުޅުނު މި މެޗުގައި ގޯލުތައް ޖަހާފައިވަނީ ނާއިޒް ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ ފާސިރު (ސެންޓޭ) އެވެ. މި މެޗުގައި ލަންކާއަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރު ވެފައެވެ.

Advertisement

Advertisement 1

މި މެޗުގައި މާޒިޔާ އަށް ކުޅޭ 16 އަހަރުގެ ފޯވާޑު އިލާން އަށް ކޯޗު މޯހަން ވަނީ ޖާގަ ދީފައެވެ. ދެވަނަ ހާފުގައި ކުޅެން އަރާ އިލާން ވަނީ އިތުރު ވަގުތުގައި އަލީ ފާސިރު ޖެހި ގޯލު އެސިސްޓް ކޮށްދީ ވިދާލާފައެވެ. މިއީ އިލާން ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މި މުބާރާތުގައި ބަންގްލަދޭޝް އަދި ބޫޓާން ބައިވެރިވެފައިނުވާތީ މުބާރާތުގައި ކުޅޭނީ ލަންކާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ ދެ މެޗެވެ. ދެވަނަ މެޗު އަންނަ އަންގާރަ ދުވަހު ކުޅޭއިރު ތިން ގޯލުގެ ފަރަގެއްގައި ރާއްޖެ ބަލިކުރަން ލަންކާ އަށް މަޖުބޫރެވެ. ބަލި ނުކުރެވިއްޖެ ނަމަ ތަށި ލިބޭނީ ރާއްޖެއަށެވެ.

ލަންކާ އަކީ މި ސަރަހައްދުގައި މިހާރު ފުޓްބޯޅައިގައި ފެންވަރު ރަނގަޅު ޤައުމެކެވެ. އެ ޤައުމަކީ ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށާއި އެހެން ގައުމުތަކަށް ނިސްބަތްވާ ލަންކާ ދަރިކޮޅު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ޓީމެކެވެ.

ގައުމީ ފުޓްބޯޅަ ޓީމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

8 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

8 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

81 ދުވަސް ކުރިން - 02:10

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18

ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

239 ދުވަސް ކުރިން - 17:22

ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

244 ދުވަސް ކުރިން - 21:42