Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލަންކާ-ދިވެހިރާއްޖެ މެޗު މިއަދު ހަވީރު 04:30 ގައި

ލަންކާ-ދިވެހިރާއްޖެ މެޗު މިއަދު ހަވީރު 04:30 ގައި

އައިޝަތު އީމާން
322 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 14:38
ޤައުމީ ޓީމުގެ ކެޕްޓަން ސަމޫހް - ފޮޓޯ: އެފްއޭއެމް
ޤައުމީ ޓީމުގެ ކެޕްޓަން ސަމޫހް - ފޮޓޯ: އެފްއޭއެމް
ޚުލާސާ

ސައުތު އޭޝިއަން ސުޕަރ ކަޕުގައި ރާއްޖެ، ލަންކާއާ ދެކޮޅަށް ނިކުންނައިރު އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައި.

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ނަމުގައި ލަންކާ ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުޅޭ މުބާރާތުގެ ފުރަތަމަ މެޗު ދިވެހިރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ރާއްޖެ ގަޑިން މިއަދު ހަވީރު 04:30 ގައި ފަށާނެއެވެ.

ލަންކާ ގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ޤައުމެކެވެ. ނަމަވެސް ބަންގްލަދޭޝާއި ބޫޓާން ބައިވެރިނުވުމުން މި މުބާރާތުގައި މިހާރު ކުޅެން ހަމަޖެހިފައިވަނީ ލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ދެ މެޗެވެ.

ފުރަތަމަ މެޗު މިއަދު ކުޅޭއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ދިވެހިރާއްޖެ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ރައުންޑުގައި ޓިމޯ-ލެސްޓޭ އަތުން 0-1 އިން މިދިޔަ ޖޫން މަހުގެ 10 ގައި ރާއްޖެ ބަލިވެފައިވާއިރު ހަމަ އެ މަހުގެ ފަސް ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުން ރާއްޖެ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މާޗު މަހު 25 ގައި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ރައުންޑުގައި ފިލިޕީންސް އަތުން ވެސް ރާއްޖެ ވަނީ 1-4 ގެ ނަތީޖާއަކުން ބަލިވެފައެވެ.

Advertisement

Advertisement 1

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ދާދި ފަހުން ގައުމީ ޓީމާ ހަވާލުވި ތަޖުރިބާކާރު ކޯޗު، މޯހަން ބުނެފައިވަނީ ލަންކާ އަކީ މި ސަރަހައްދުގައި މިހާރު ކުޅޭ އެންމެ ވަރުގަދަ އެއް ގައުމު ކަމަށެވެ. މޯހަން ބުނީ ލަންކާ އަކީ ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށާއި އެހެން ގައުމުތަކަށް ނިސްބަތްވާ ލަންކާ ދަރިކޮޅު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗު މޯހަން ނޫސްވެރިންނާ ވާހަކަ ދައްކަނީ - ފޮޓޯ: އެފްއޭއެމް

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ލަންކާ އިން ރަށްވެހިކަން ދީގެން އަލަށް އެ ޓީމާ ގުޅުނު ދެ ކުޅުންތެރިން ކުޅޭނެ ކަމަށް މޯހަން ފާހަގަކޮށްފައިވެ އެވެ. ލަންކާ ގައުމީ ޓީމުގައި އިނގިރޭސީވިލާތުގެ ދަށް ޑިވިޝަނުގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިން މިހާރު ވެސް އެބަތިއްބެވެ.

މޯހަން ބުނެފައިވަނީ މި ހުރިހާ ސަބަބަކާ ހުރެ ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެއީ ރާއްޖެއަށް ދިމާވާނެ ބޮޑު ޗެލެންޖެއް ކަމަށެވެ. ކުރިން ބޮޑު ބޯޅަ ކުޅެމުން އައި ލަންކާ ޓީމަކީ މިހާރު ތިރިން ކުޅޭ ޓީމެއް ކަން ވެސް މޯހަން ވަނީ ފާހަގަކޮށްފައެވެ.

ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފައިވަނީ ރާއްޖެއަކީ އަދިވެސް އިންޑިއާ ނެގުމަށްފަހު މި ސަރަހައްދުގައި އެންމެ ވަރުގަދަ ގައުމު ކަމަށެވެ. ރާއްޖެއަށް ތައުރީފުކޮށް އޭނާ ދެއްކި ވާހަތަކަށް އަލިއަޅުވާލަމުން މޯހަން ބުނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް އޭނާ އަށް ނޭނގުމަކީ ވެދާނެ ކަމެއް ކަމަށެވެ. ސަރަހައްދުގެ އެހެން ޓީމުތައް ފުޓްބޯޅައިން ކުރިއެރުން ހޯދިއިރު ރާއްޖޭގެ ފުޓްބޯޅަ ދިޔައީ ފަހަތަށްކަން މޯހަން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު ބުނެފައިވަނީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ރާއްޖޭގެ ސީޒަން ނުފަށައި ދިގުލައިގެން އޮތް މުއްދަތުގައި ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކުރާ ކަމަށެވެ.

މި މެޗަށް ރާއްޖެ ނިކުންނައިރު ޒުވާން ގިނަ ކުޅުންތެރިން ޤައުމީ ޓީމުގެ ސްކޮޑުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަމަކީ މާޒިޔާ އަށް ކުޅޭ އުމުރުން 16 އަހަރުގެ ފޯވާޑު މުޙައްމަދު އިލާން އިމްރާނެވެ. އަދި އޭގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން އަހުޒަމް ރަޝީދު (އަހު) ވެސް މިފަހަރުގެ ސްކޮޑަށް ވަނީ ނަގާފައެވެ.

ގައުމީ ޓީމު އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅެފައިވަނީ 2022 ވަނަ އަހަރު ޖޫން މަހުގައެވެ. އޭއެފްސީ ކަޕުގެ ތިން ވަނަ ބުރުގައި ކުޅުނު މި މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. 

އެފްއޭއެމްގައުމީ ފުޓްބޯޅަ ޓީމު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

13 ދުވަސް ކުރިން - 19:15

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

15 ދުވަސް ކުރިން - 10:42

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

53 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

53 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

126 ދުވަސް ކުރިން - 02:10

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

142 ދުވަސް ކުރިން - 16:47