އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކޮށްފި

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 23:24
ރައީސް މާލެ ސިޓީގެ ޑަބްލިއުޑީސީ މެމްބަރުންނާއި ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ރައީސް މާލެ ސިޓީގެ ޑަބްލިއުޑީސީ މެމްބަރުންނާއި ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޑަބްބްލިއުޑީސީތަކަށް ކައުންސިލު ބަޖެޓުން މިހާރު ދެނީ ފަސް ޕަސެންޓް.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކައުންސިލް ބަޖެޓުން ދެމުންދާ ފައިސާ ދެގުނަ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިިފި އެވެ.

އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަށް އިތުރަށް ބާރުވެރިކުރުމަށް ގެނެވޭ ބަދަލެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ބަދަލެއް ގެންނަވަން ނިންމަވާފައިވާކަން ހާމަކުރެއްވި އެވެ.

އެ ބަދަލުތަކުގެ ތެރެއިން ފުރަތަމަ ބަދަލަކީ ކައުންސިލު ބަޖެޓުން ޑަބްލިއުޑީސީތަކަށް މިހާރު ދެމުންގެންދާ ފަސް ޕަސެންޓުގެ ބަދަލުގައި 10 ޕަސެންޓު ދިނުމެވެ.

ރައީސް އިއުލާނުކުރެއްވި ދެވަނަ ބަދަލަކީ ޑަބްލިއުޑީސީގެ މެމްބަރުންނަށް ދޭ ރޯދަ އެލަވަންސް އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލުގެ ބަޖެޓުން ދޭގޮތަށް ހަމަޖެއްސުމެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%