Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޓެލްކޯގެ އިންޖިނޭރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް

ސްޓެލްކޯގެ އިންޖިނޭރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް

އައިޝަތު ޝިފްނާ ހުސައިން
326 ދުވަސް ކުރިން - 31 އޯގަސްޓް 2025 17:27
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ: ސްޓެލްކޯ
ޚުލާސާ

މިއަދު ސްޓެލްކޯގެ އިންޖީނަރު ޑިޕާޓްމެންޓްގެ މުވައްޒަފުން އޮފީހަށް އައިއިރު، އެ މުވައްޒަފުންނަށް ރަތް ދޫލައިގެ މަރުހަބާ އަކާއެކު ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފަ.

ސްޓެލްކޯގައި އިންޖީނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ރަސްމިއްޔާތެއް ބާއްވައި، ސްޓެލްކޯގެ ހުރިހާ އިންޖިނިއަރުންނަށް ރަތް ދޫލައިގައި މަރުހަބާ ކިޔައިފި އެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިއަހަރުގެ ޖޫން މަހު އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ގައުމީ ފެންވަރުގައި އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރާނެއެވެ.

މިއަދު ސްޓެލްކޯގެ އިންޖީނަރު ޑިޕާޓްމެންޓްގެ މުވައްޒަފުން އޮފީހަށް އައިއިރު، އެ މުވައްޒަފުންނަށް ރަތް ދޫލައިގެ މަރުހަބާ އަކާއެކު ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފަ އެވެ.

Advertisement

Advertisement 1

ސްޓެލްކޯއިން އާއްމު ކުރި ފޮޓޯތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ އިންޖީނަރުން އެ މީހުންގެ ހާއްސަ ޔުނީފޯމްގައި ތިބިއިރު، އެ ކުންފުނީގެ ވެރިންނާއެކު އޮފީހުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން ލައިގެން ތިބޭ މަންޒަރު ފެނިގެންދެ އެވެ. އަދި އިންޖީނިއަރުންނަށް ހާއްސަކޮށް ސްޓެލްކޯގެ އެތެރޭގައި ހާއްސަ ރަސްމިއްޔާތެއްްވެސް ބާއްވާފައިވާއިރު، އެ ސަރަހައްދު އޮތީ ހުދާއި ނޫ ކުލައިގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފަ އެވެ. އަދި ހަފްލާގެ ތެރެއިން މުވައްޒަފުންނާއެކު ކޭކު ފެޅުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވަނީ އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ސްޓެލްކޯގެ ހުރިހާ އިންޖީނިއަރުންނަށް ކިޔުއްވާފަ އެވެ.

"އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ހީވާގި އިންޖިނިޔަރުންނަށް ޝުކުރާއެކު، އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން". ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

3 ދުވަސް ކުރިން - 19:54

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

61 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

61 ދުވަސް ކުރިން - 12:41

ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ނުލިބޭނަމަ ރިޕޯޓުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

"ކަރަންޓު މައްސަލަ އުޅޭނަމަ ރިޕޯޓުކުރައްވާ"

86 ދުވަސް ކުރިން - 08:39

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި

86 ދުވަސް ކުރިން - 14:59

މަގު ކޮނުމުގައި ކޭބަލަކަށް ގެއްލުން ވުމުން އޭގައި ޓޭޕް އޮޅައި ސްޓެލްކޯއަށް ސިއްރުކޮށްފައިވޭ: ސްޓެލްކޯ

"ކޭބަލަކަށް ގެއްލުންވުމުން އޭގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވޭ"

89 ދުވަސް ކުރިން - 00:18