މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި އިހްތިޖާޖްކުރަނީ

މުހައްމަދު ޖަމްޝަތު | 10 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 10:50
ނޫސްވެރިން ރައްޔިތުންގެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަނީ---
ނޫސްވެރިން ރައްޔިތުންގެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަނީ---
ޚުލާސާ

މި ބިލް އިސްލާހުކުރަން ރައީސްް ޑރ. މުއިއްޒުވެސް ވަނީ އަންގާވާފާ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މީޑީއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި މިއަދުވެސް އިހުތިޖާޖުކުރަން ފަށައިފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު ފެށުމާއެކު ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މަޖިލިސް ކައިރިއަށް އެއްވެފަ އެވެ.

ނޫސްވެރިން ގޮވާލަމުން ދަނީ ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލް ފާސްނުކުރުމަށެވެ. އެ ބިލްގެ ސަބަބުން ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ނޫސްވެރިން ދަަނީ ބުނަމުންނެވެ.

މީޑިއާ ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން އިހުތިޖާޖު ކުރަމުންދާއިރު އެ ބިލު އިސްލާހުކުރަން ރައިސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އަންގަވައިފަ އެވެ.

މީޑިއާ ބިލާއެކު ސަރުކާރުން އުޅެނީ މީޑިއާތަށް ކޮންޓްރޯލު ކުރުމަށްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މީޑިއާތަށް ކޮންޓްރޯލު ކުރުމަކީ އެއްވެސް ޝައުގުވެރިކަމެއް ހުންނަވާ ކަމެއް ނޫން ކަމަށާއި ބިލް އިސްލާހުކުރަން އަންގަވާފައިވާނެ ކަމަށެވެ.

މި ބިލް މަޖިލީހުން ބޭރުކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން ނޫސްވެރިން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.

އެ ބިލުގައި، މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެ އުސޫލުތަކެއް ހިމެނެއެވެ. ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%