Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޮޅިވަރަމް ދަނޑުބިންތަކުން ފީ ނުނެގުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ނޮޅިވަރަމް ދަނޑުބިންތަކުން ފީ ނުނެގުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މުހައްމަދު ޖަމްޝަތު
290 ދުވަސް ކުރިން - 25 އޯގަސްޓް 2025 22:21
ނޮޅިވަރަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ---
ނޮޅިވަރަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ---
ޚުލާސާ

ރައީސް ވަނީ އެކަމަށް ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދޭެކަމުގެ ޔަގީންކަން އަރުވާފަ.

ހދ. ނޮޅިވަރަމް ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ. 

ނޮޅިވަރަމް ރައްޔިތުންނާއި ބައްދަލުކޮށް މިއަދު ވާހަކަދައްކަމުން ރައީސް ވިދާޅުވީ ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށް ވާއިރު ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށެވެ.

މިއީ ސަރުކާރުން ކައުންސިލުގެ ކިބައިން އެދޭ އެދުމެއްކަމަށް ވިދާޅުވެ، މިކަން ކުރަން ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދޭެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފަ އެވެ.

Advertisement

Advertisement 1

ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމަށްވާތީ، އެ ރަށުގައި ހިންގާ މަޝްރޫއުތައް ރާވާފައިވާނީ ސަރުކާރުގެ ދެމެހެއްޓެވިނި ތަރައްގީގެ ސިޔާސަތުގެ ތެރެއިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، އެ އޮންނަ އިންތިގާލީ މަރުހަލާގައިވެސް ސިއްހީ މަރުކަޒުގެ ހިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް، ނޮޅިވަރަމުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްގީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑުވެސް ފީފާ ސްޓޭންޑަޑްގެ ފުޓުބޯޅަ ދަނޑަކަށް އަޕްގްރޭޑް ކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް އަލި އަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ފެށިފައިވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނޭކަމަށެވެ.

މީގެ އިތުރުން ނޮޅުވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ގާއިމުކުރުމުގެ މަޝްރޫއާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައިވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

11 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

2 ދުވަސް ކުރިން - 15:59

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03