އާސެނަލް ވިދާ ބަބުޅަނީ

އައިޝަތު އީމާން | 38 ދުވަސް ކުރިން - 23 އޯގަސްޓް 2025 04:07
އާސެނަލް ޓީމު އުފާފާޅުކުރަނީ. މިއީ އެ ކުލަބަށް ފަސޭހަ މޮޅެއް.
އާސެނަލް ޓީމު އުފާފާޅުކުރަނީ. މިއީ އެ ކުލަބަށް ފަސޭހަ މޮޅެއް.
ޚުލާސާ

ލީޑްސް ކޮޅަށް އާސެނަލުން ފަސް ގޯލު ޖަހާފައިވާއިރު އެ ކުލަބު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި.

އޭ ފޯ އާސެނަލް ކިޔަ ކިޔައި ތިއްބާ ލީގުގެ ދެވަނަ މެޗުން ލީޑްސް ކޮޅަށް ފަސޭހަކަމާއެކު ފަސް ގޯލު ޖަހައި ލީގުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ.

ލެފްޓް ބެކް ޓިމްބަރ އަދި ފޯވާޑު ޔޯކެހްރެސަ މިއިން ކޮންމެ ކުޅުންތެރިއެއް ދެ ގޯލު ޖަހާފައިވާއިރު ސަކާ ވަނީ ގޯލެއް ޖަހާފައެވެ. މި މެޗުގައި ސަކާ އަށް ވަނީ އިންޖަރީ ވެފައެވެ. އޭނާ ކުޅުމާއި ދުރުގާ ހުންނަން ޖެހެނީ ކިހާ ދުވަހެއް ވަންދެން ކަމެއް އަދި ނޭނގެއެވެ.

މިދިޔަ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލްއާ ގުޅުނު ފޯވާޑު ގޯހްކެރެސް އަށް ވަނީ މި މެޗުގައި ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މިރޭގެ ދެ ގޯލަކީ އޭނާ އާސެނަލަށް ޖަހައިދިން ފުރަތަމަ ދެ ގޯލެވެ.

މި މެޗުގައި ލީޑްސް އަށް އާސެނަލް ގޯލުގެ ހަތަރު ދަނޑިން އެތެރެއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު ޖުމްލަ ހެދުނީ އެންމެ ޝޮޓެކެވެ. ލީޑްސް އަކީ މިދިޔަ އަހަރު ޗެމްޕިއަންޝިޕް ކުޅުމަށްފަހު ޕްރިމިއަރ ލީގަށް ކޮލިފައިވި ޓީމެކެވެ. މިއީ އެ ކުލަބު 23-2022 ވަނަ ސީޒަނުގައި ރެލިގޭޓް ވުމަށްފަހު ޕްރިމިއަރ ލީގުން ފެނުނު ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތް ވަނީ ވުލްވްސް 0-1 އިން މޮޅުވެފައެވެ. ބްރެންޓްފޯޑް އަދި އެސްޓަންވިލާ ބައްދަލުކުރި މެޗު ބްރެންޓްފޯޑުން 0-1 ގެ ނަތީޖާއިން މޮޅުވެފައިވާއިރު ބާންލޭ ވަނީ ސަންދަލޭންޑް އަތުން 0-2 އިން މޮޅުވެފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު މެންޗެސްޓަރ ސިޓީ ވަނީ ޓޮޓެންހަމް އަތުން 0-2 ގެ ނަތީޖާއިން ބަލިވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%