ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ޝެޑިއުލްކުރެވިފައިވާ ވަގުތަށްވުރެ އަވަހަށް ނިންމައި، އިންޖީނުތައް ލޯޑަށްލެވި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަށް ގެނެސްފި އެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގައި ކުރުމަށް ހަމަޖެހިފައިވާ މެޖާ މަސައްކަތް ކުރުމަށްޓަކައި އިންޖީނުގެ ނިއްވާލުމާއެކު މާލެއާއި ހުޅުމާލޭގެ ލޯޑަށް ބަލައި، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.
ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް ގަޑިއެއްހާއިރު ތެރޭގައި އަލުން ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.