މާލޭގެ ސަރަހައްދަށް އެރީ ނަގޫރޯޅިއެއް ނޫން:މެޓް

އައިޝަތު ޝިފްނާ ހުސައިން | 56 ދުވަސް ކުރިން - 22 އޯގަސްޓް 2025 17:25
ފޮޓޯ:އެމްވީކްރައިސިސް
ފޮޓޯ:އެމްވީކްރައިސިސް
ޚުލާސާ

މިއީ މިއަދު މެންދުރު ހިނގި ހާދިސާ އެކެވެ.

މާލެ ސަރަހައްދަށް މިއަދު އަރާފައިވަނީ ނަގޫރޯޅިއެއް ނޫންކަމަށާއި އޭގެން އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މާލޭގެ ޖުމްހޫރީ މައިދާނާ ދިމާލު ބޭރު މޫދުން ނަގޫރޯޅިއެއްކަހަލަ ވިލާގަނޑެއް މިއަދު މެންދުރު ވަނީ ފެނިފަ އެވެ.

މިކަމާ ގުޅިގެން މެޓުން ހުލާސާ އަށް ދިން މައުލޫމާތުގައި ބުނީ އެއީ ނަގޫރޯޅިއެއް ނޫން ކަމަށާއި އެއީ ’ފަނެލް ކްލައުޑް‘ އެއް ކަމަށެވެ. އަދި އޭގައި އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް މެޓް އޮފީހުން ބުނެ އެވެ.

ފަނެލް ކްލައުޑްއަކީ ބޮޑެތި ތޫފާނީ ވިލާގަނޑުގެ އެންމެ ތިރިން އުފެދޭ ވައިގަނޑެކެވެ. އެ ވައިގަނޑު އެނބުރެމުން ގޮސް ބިމުގައި ޖެހުމުން އެއަށް ކިޔަނީ ނަގޫރޯޅި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%