Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެރިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ފެރިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

އައިޝަތު ޝިފްނާ ހުސައިން
377 ދުވަސް ކުރިން - 19 އޯގަސްޓް 2025 20:20
ފެރިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ފެރިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އެރަށުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކޮށްލެވޭ.

އއ. ފެރިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. 

މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެރިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެވެ.

އެ މަޝްރޫއުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައި އެވެ. އަދި ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައި އެވެ.

Advertisement

Advertisement 1

އެރަށުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން އެ ރަށުގެ ދޯނި އެހެލާ ސަރަހައްދާއި، ޕިކްނިކް އައިލެންޑް އެއްގެ މަޝްރޫއު ކުރުމުގެ މަސައްކަތް ފެއްޓެވުމަށް އެއްބަސްވުމެއްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވި އެވެ.

އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑް އަކީ އިގްތިސާދީ ނުވަތަ ޓޫރިޒަމް ދާއިރާއިން ކުރިއަށް ދިޔުމުގައި ވަރަށް މުހިންމު ތަނެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްއއ. ފެރިދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

11 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

11 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

11 ގަޑިއިރު ކުރިން - 16:42