އާސަންދައިގެ ދަށުން ދޭ އިންސިއުލިން ދިނުން ހުއްޓާނުލާ ކަމަށް އާސަންދައިން ބުނެފި އެވެ.
އާސަންދައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދޮގުމައުލޫމާތު ފަތުރަމުންދާތީ ދަންނަވަމެވެ.
އެ ޕޯސްޓުގައި ބުނީ އާސަންދައިން އިންސިއުލިން ދިނުން ހުއްޓާލުމަށް އެއްވެސް އިރަކު ނިންމާފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މައުލޫމާތުތަށް ސިޔާސީ ބޭނުންތަކަށް ނުފެތުރުމަށް އާސަންދަ އިން އިލްތިމާސްކުރެ އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް، ފަސް މަސް ތެރޭ އާސަންދަ ބަޖެޓުގެ 50 ޕަސެންޓް ވަނީ ހޭދަވެފަ އެވެ. މި އަހަރަށް އާސަންދައަށް ދައުލަތުގެ ބަޖެޓުން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު މެއި މަހުގެ ނިޔަލަށް އާސަންދަ އަށް 950 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.