ރައްޔިތތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދަނިކޮށް ކަރަންޓު ކެނޑުމުން ޖަލްސާ މެދުކަނޑާލަން ޖެހިއްްޖެ އެވެ.
ކަރަންޓު ކެނޑުނީ މެމްބަރު އަނާރާ ނައީމް ވާހަކަދައްކަމުން ދަނިކޮށެވެ. ނަމަވެސް ކަރަންޓު ކެނޑުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ. ކަރަންޓު ކެނޑުމުން އިރުކޮޅަކު މަޑުކޮށްލައިގެން ތިބުމަށްފަހު މެމްބަރުން ވަނީ މަޖިލިސް ތަޅުމުން ބޭރަށް ނުކުމެފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ ބަލަން ވަގުތުކޮޅެއް ނަގާނެކަމަށެވެ. އަދި ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.
އެނިގަފައިވާގޮތުަގައި މަޖިލީހުން ކަރަންޓު މައްސަލައެއް ދިމާވީ މަޖިލީޖުގެ ތަޅުމުން އެކަންޏެވެ. މަޖިލިސް އިދާރާގެ އެހެން ތަންތަނުގައި ކަރަންޓު އެބަހުއްޓެވެ.