ކަނިފުށި ރިސޯޓުގެ އެޗްއާރް ޑިރެކްޓަރު އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރާ މައްސަލައެއް!

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 16:49
ޖިންސީ ކުށްތަކާ ދެކޮޅަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި މީގެ ކުރިން ޒުވާނުންތަކެއް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު
ޖިންސީ ކުށްތަކާ ދެކޮޅަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި މީގެ ކުރިން ޒުވާނުންތަކެއް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު
ޚުލާސާ

ޖިންސީ ގުޅުން ހިންގުމަށް އެދި ބަދު އަހުލާގީ މެސެޖުތަށް އަލަށް ވަޒީފާ އަށް އަންނަ ގާތްގަނޑަކަށް ހުރިހާ ކުދިންނަށް މެސެޖުކުރާ ކަމަށް ވޭ.

ކަނިފުށި ރިސޯޓުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އިސްމާއިލް ޝާހިދު އެ ރިސޯޓުގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"ރިސޯޓު ވޯކާސް" ކިޔާ ފޭސްބުކް ޕޭޖަކުން މިކަމާ ގުޅިގެން ކޮށްފައި އިން ޕޯސްޓެއްގައި ބުނީ، އެ ރިސޯޓުގެ އަންހެން މުވައްޒަފުންތަކެއް ޝާހިދު ޖިންސީ ފުރައްސާރަ ކުރާ ކަމަށް ރިޕޯޓކޮށްފައި ވާކަަމަށެެ.

އެގޮތުން ޖިންސީ ގުޅުން ހިންގުމަށް އެދި ބަދު އަހުލާގީ މެސެޖުތަށް އަލަށް ވަޒީފާ އަށް އަންނަ ގާތްގަނޑަކަށް ހުރިހާ ކުދިންނަށް މެސެޖުކުރާ ކަމަށް ވެ އެވެ.

މީގެ އިތުރުން ޝާހިދު އަކީ ރިސޯޓުގެ މަތީ މީހުންނާއި ގުޅުން އޮތް މީހަކަށް ވުމުން އޭނާ އެއީ "އަންޓަޗެބަލް" މީހެކޭ ބުނެ އަންހެން މުވައްޒަފުނަންނަށް ބިރުދައްކާކަމަށް ވެ އެވެ.

މި މައްސަލައާއި ގުޅިގެން ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ކެނޑިގެން ދިޔަ ކަމަށް ވެސް އެ ޕޯަސްޓުގައި ވެ އެވެ. އޭގެ އިތުރުން ޝާހިދު އާއި ރިސޯޓު އޯނަރާ އޮންނަ ގުޅުމުގެ ސަބަބުން އޭނާ ބޭނުންވި ގޮތަށް ކަންތަށް ކުރުމަށް ދެކޮޅު ހެދި އަންހެން މުވައްޒަފެއް ވަޒީފާއިން ވަކި ކުރިކަމަށް ވެސް އެޕޭޖުން ވަނީ ތުހުމަތުކޮށްފަ އެވެ.

ހުލާސާ އިން ޝާހިދު އަށް ގުޅުއްވާ ސުވާލު ކުރުމުން އޭނާ ބުނީ މިކަމާ ގުޅޭ ގޮތުން ވަކިން ހާއްސަކޮށް މީޑިއާ އަށް އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%