މާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި

އައިޝަތު ޝިފްނާ ހުސައިން | 4 ގަޑިއިރު ކުރިން - 14 އޯގަސްޓް 2025 16:49
ފޮޓޯ: ސްޓެލްކޯ
ފޮޓޯ: ސްޓެލްކޯ
ޚުލާސާ

މި މަހުގެ ނުވަ ވަނަ ދުވަހު ދެ ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔަ އެވެ.

މާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ. އަދި ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރަކު އުޅޭ ނަމަ ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހުޅުމާލެ އަދި މާލޭން މީގެކުރިން ދެ ފަހަރެއްގެ މަތިން އެއްކޮށް ކަރަންޓު ކެނޑި ގިނަ އިރުތަކެއް ހޭދަވި އެވެ. އެންމެ ފުރަތަމަ ނުވަ ގަޑިއިރަށް ކަރަންޓު ދިޔައިރު، މި މަހުގެ ނުވަ ވަނަ ދުވަހު ދެ ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔަ އެވެ.

ސްޓެލްކޯ އިން އޭރު ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އެކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%