ރިޔާސީ އިންތިހާބުގައި ވައުދުވީ ފަދައިން ކިހާދޫގެ ހުރިހާ މަޝްރޫއުއެއް ކުރިއަށް ގެންދާނަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 13 އޯގަސްޓް 2025 22:05
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސް މިބީދައިން ވިދާޅުވެފައި ވަނީ ކިހާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން.

ރިޔާސީ އިންތިހާބުގައި ވައުދުވީ ފަދައިން ކިހާދޫގެ ހުރިހާ މަޝްރޫއުއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިބީދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިހާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެ ވަނަ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކިހާދޫގެ އާ އިންޖީނު ގެޔަކާއި ފެނަކައިގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

ހަމަ އެހެންމެ، ކިހާދޫގެ ސިއްހި ދާއިރާ މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް އާ އެމްބިއުލާސެއް ގެނެސް ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ކިހާދޫގެ ސިއްހީ މަޒުކަޒުގެ ހާލަތު ރަނގަޅުކުރުމަށް އެރަށުގެ ސިއްހީ މަރުކަޒަށް އާ ވަސީލަތްތައް ހޯދަދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

އަދި ކުޅިވަރުގެ ދާއިރާއިން އެރަށުގެ ފުޓްބޯޅަ ދަނޑުގެ ވަސީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ އަދި ފިޓްނެސް ސެންޓަރަކާއި، އައުޓް ޑޯ ޖިމެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%