Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަތް އަހަރަށްފަހު ޒަކާތު ސްކޮލާޝިޕް ދޭން ފަށަނީ

ހަތް އަހަރަށްފަހު ޒަކާތު ސްކޮލާޝިޕް ދޭން ފަށަނީ

މުހައްމަދު ޖަމްޝަތު
383 ދުވަސް ކުރިން - 13 އޯގަސްޓް 2025 12:58
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލާޝިޕް ފުރުސަތު. އެ ސްކޮލާޝިޕްތަކަށް 29 ފަރާތަކުން ވަނީ ހުށަހަޅައިފަ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލާޝިޕް މިމަހުގެ 16ވާ ހޮނިހިރު ދުވަހު ހަވާލުކުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިއަހަރު ޒަކާތު ސްކޮލާޝިޕްތައް މިދެވެނީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް، ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ އޭޕްރިލްމަހު އެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

Advertisement

Advertisement 1

އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި ސްކޮލާޝިޕަށް ހުޅުވާލި ފުރުސަތުގައި 29 ފަރާތަކުން ވަނީ ސްކޮލާޝިޕަށް ކުރިމަތިލައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ މަތީ ތައުލީމު ހާސިލުކުރުމަށްދޭ ސްކޮލާޝިޕަށް އެދި ހުށަހެޅި 18 އެޕްލިކޭޝަނާއި، ހާއްސަ ސްކޮލާޝިޕަށް އެދި ހުށަހެޅި 11 އެޕްލިކޭޝަނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލާޝިޕް ފުރުސަތެވެ. މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 30 ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލުކުރުމަށްދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ. އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލާފައި ވަނީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދި އަރަބިއްޔާ އާއި މިސްރު އަދި ސާކްގެ ގައުމުތަކުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ އާއި ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ އާއި އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.

މީގެ އިތުރުން 13 ހާއްސަ ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތުތައް ހުޅުވާލާފައި ވަނީ ސާކްގެ ގައުމުތަކުންނާއި މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އާއި ސައުދި އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ އާއި ގާސީމް ޔުނިވާސިޓީ އާއި އުއްމުލްގުރާ ޔުނިވާސިޓީ އާއި އަބްހާ ޔުނިވާސިޓީ އަދި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީން ކިޔެވުމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުޒަކާތު ފަންޑު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

8 ގަޑިއިރު ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

50 ދުވަސް ކުރިން - 22:51

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

109 ދުވަސް ކުރިން - 14:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%