ރައީސް ބ. ގޮއިދޫ އަދި ފެހެންދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ގަޑިއިރު ކުރިން - 12 އޯގަސްޓް 2025 20:24
ރައީސް ގޮއިދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ރައީސް ގޮއިދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ގޮއިދޫ އަދި ފެހެންދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފި އެވެ.

ރައީސް މި ދެ ރަށުގައި އޭޓީއެމް ހުޅުއްވައި ދެއްވާފައިވަނީ، އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި ބ. އަތޮޅުގެ ޖުމުލަ 13 ރަށަކަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބ. އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫގެ އިތުރުން މާޅޮހަށް ވަޑައިގަންނަވާނެ އެވެ.

‎އަދި ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބީއެމްއެލް އޭޓީއެމްގެ ސަބަބުން އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%