ސޯޝަލް ހައުސިން ޕޮއިންޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ކައުންސިލްތަކަށް އޮންނާނެ: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 14 ގަޑިއިރު ކުރިން - 12 އޯގަސްޓް 2025 14:03
ރައީސް ތުޅާދޫ ރައްިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ރައީސް ތުޅާދޫ ރައްިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

އެގޮތުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ތުޅާދޫގައި 100 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ.

ގާނޫނާ ގަވާއިދާ ހިލާފު ނުވާނަމަ، ސޯޝަލް ހައުސިން ޔުނިޓްތައް ދޫކުރުމުގައި ޕޮއިންޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިބީދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ތުޅާދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ތުޅާދޫގައި 100 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހުޅުވާލައި، ބަޔަކު ކުރިމަތިލައި މިހާރު ވަނީ ނިމިފަ އެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ ޕްރީކޮލިފިކޭޝަން ސްޓޭޖު ކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވެފައިވަނީ ޕްރީކޮލިފިކޭޝަން ސްޓޭޖުގެ މަރުހަލާ ނިމުމުން އަގު ހުށަހެޅުމަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު އެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ނިންމައި މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ބޯހިޔާވަހިކަން ދަތިވެފައިވާ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލަންޖެހެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%