ބ. ތުޅާދޫގައި ގާއިމްކުރާ ކަލްޗަރަލް ސެންޓަރު ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ކަލްޗަރަލް ސެންޓަރު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ މިއަދު އެކަމަށްޓަކައި ތުޅާދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކްނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝިޔާޒް އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ދިވެހި ސަގާފަތް ދިރުވާ އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.