ކެންޔާގެ ނައިރޯބީގެ ވިލްސަން އެއާޕޯޓުން ސޯމާލީލޭންޑަށް ދަތުރުކުރި އެއާ އެމްބިއުލާންސެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ކެންޔާގެ ޚަބަރުތައް ބުނާ ގޮތުގައި ސޯމާލީލޭންޑުގެ ހަރްގޭސީ އަށް ބަލިމީހުންތަކެއް ބަލައި ދަތުރުކުރި މި އެއާ އެމްބިއުލެންސް ވެއްޓުނީ ނައިރޯބީން ފުރައިގެން ދިޔަތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޯޑަރުކައިރި ހިސާބުގެ ގެއެއްގެ މައްޗަށް ވެއްޓިގެންނެވެ.

މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެމީހުންނާއި އެއާ އެމްބިއުލާންސްގައި ތިބި ހަތަރުމީހުންނާއެކު ޖުމްލަ ހަމީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެއާ އެމްބިއުލާންސްގައި ތިބީ ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ޕައިލެޓާއި ފަޅުވެރިއެކެވެ.