އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަގާމަށް ސާޖިދު އައްޔަންކޮށްފި

މުހައްމަދު ޖަމްޝަތު | 12 ދުވަސް ކުރިން - 3 އޯގަސްޓް 2025 19:44
އެފްއައިޔޫގެ ހެޑްގެ މަގާމަށް އައްޔަން ކުރި އިސްމާއީލް ސާޖިދު---
އެފްއައިޔޫގެ ހެޑްގެ މަގާމަށް އައްޔަން ކުރި އިސްމާއީލް ސާޖިދު---
ޚުލާސާ

މިއީ އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ. ކުރިން އެމަގާމުގައި ހުންނެވީ އަބްދުالله އަޝްރަފް އެވެ.

އެމްއެމްއޭއިން ބުނީ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަގާމާ ސާޖިދު އައްޔަންކުރީ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށާއި އެ މަގާމަށް ސާޖިދު ހަވާލުވާނީ މާދަމާއިން ފެށިގެން ކަމަށެވެ. 

އަދި ކުރިން ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަގާމުގައި އަބްދުالله އަޝްރަފު، މިއަދުން ފެށިގެން ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މަރުކަޒީ ބޭންކުގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އެންޑް ފިނޭންސިން އޮފް ޓެރަރިޒަމް އެކްޓް) އިން މެންޑޭޓްކޮށް ގާއިމުކޮށްފައިވާ އޮޕަރޭޝަނަލީ އިންޑިޕެންޑެންޓް ޔުނިޓެކެވެ. ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް އަށް ފިނޭންސްކުރުން ފަދަ ހަރަކާތްތަކަށް ފާރަވެރިވެ ތަހުލީލުކުރުމަށް އޮންނަ ޔުނިޓެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%