ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަދަވެ، ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑުތަށް ގަދަވާނޭކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެ ހިމެނޭހެން އަތޮޅުތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ގިނަ ސަރަޙައްދުތަކަށް ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންދާކަން ފާހަގަކޮށްލަން ޖެހެ އެވެ.









