Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ޞުލްޙައިގެ ވާހަކަތައް މެލޭޝިއާގައި ފަށައިފި

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ޞުލްޙައިގެ ވާހަކަތައް މެލޭޝިއާގައި ފަށައިފި

ޖަވާދު
317 ދުވަސް ކުރިން - 28 ޖުލައި 2025 11:42
ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ޞުލްޙައިގެ ވާހަކަތައް ފެށުމުގެ ގޮތުން މެލޭޝިއާގައި. / ފޮޓޯ: ރޮއިޓާސް
ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ޞުލްޙައިގެ ވާހަކަތައް ފެށުމުގެ ގޮތުން މެލޭޝިއާގައި. / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ތައިލެންޑާއި ކެމްބޯޑިއާ ދެމެދުގައި ޞުލްޙަ ޤާއިމްކުރުމަށް މެލޭޝިއާ އިސްނަގައިގެން ކުރިޔަށްދާ ބައްދަލުބުމުގައި އެމެރިކާ އަދި ޗައިނާގެ މަންދޫބުން ވެސް ބައިވެރިވޭ. ޙަމަލާތައް ހުއްޓާލުމަށް ދަނީ މަޝްވަރާ ކުރަމުން.

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ސަރަޙައްދުގައި ފަސް ދުވަސް ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު މެލޭޝިއާގައި ޞުލްޙައިގެ މަޝްވަރާ ފަށައިފިއެވެ.

ފަސް ދުވަސް ވަންދެން މި ދެޤައުމުގެ ދެމެދުގައި ހިނގި ޙަމަލާ ބަދަލުކުރުންތަކުގައި މަދުވެގެން 35 މީހުން މަރުވެފައިވާ ކަމަށާއި، 200,000 އަށް ވުރެ ގިނަ މީހުން ގޯތިގެދޮރު ދޫކޮށް ދާން މަޖުބޫރުވި ކަމަށް ޚަބަރުތައް ބުނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްކޮށް ހުންނަވައި މިއަދު ފެށި މި ބައްދަލުވުމަކީ، ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަސްތަކެއްގެ ތެރޭގައި ކުރެވޭ އެންމެ ސީރިއަސް މަސައްކަތެވެ.

Advertisement

Advertisement 1

ތައިލެންޑާއި ކެމްބޯޑިއާގައި މި ފަހަރު މައްސަލަ ގޯސް ވީ މޭ 28 ވަނަ ދުވަހު، ދެ ޤައުމަށްވެސް ތާރީޚީ ގޮތުން މުހިންމު އަދި ޚިޔާލުތަފާތުވުން އުފެދިފައިވާ ޕްރެއާ ވިހެއާ އަދި ޓާ މުއެން ތޯމް ފައްޅިތަކުގެ ކައިރީގައި ހަމަލާތައް ފެށުމުންނެވެ. އެއީ ތައިލެންޑް ސިފައިންގެ މީހަކު މަރާލައި އަދި ސިފައިންގެ ބަޔަކަށް އަނިޔާވުމާއި ގުޅިގެންނެވެ. ޙަމަލާތައް ބަދަލުކުރަން ފެށި މިދެންނެވި ފައްޅި ހިމެނޭ ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް ޚިޔާލު ތަފާތެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު މައްސަލަތަކުގައި ހަމަލާ ބަދަލުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މައްސަލަތައް ފެށިފައިވަނީ، 1962 ވަނަ އަހަރު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ޕްރެއާ ވިހެއާ ފައްޅި ކެމްބޯޑިއާ އަށް ނިސްބަތްކޮށް ނިންމި ނިންމުމަކާއި ގުޅިގެންނެވެ. ނަމަވެސް އެ ނިންމުމުގައި ި އޭގެ ވަށައިގެންވާ ސަރަހައްދު ސާފުކޮށް ކަނޑައަޅާފައިނުވެއެވެ. 2008، 2011 އަދި 2008-2013 ބޯޑަރު މައްސަލައިގައި ދިމާވި ކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވެފައިވެއެވެ. އެ ދެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާ އަކީ 1979 ގައި ހިނގި ދަންގްރެކް ހާދިސާ އެވެ. މި ހާދިސާގައި، ކެމްބޯޑިއާގެ ވަރަށް ގިނަ މީހުން މަރުވެފައިވެއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ ވާހަކަތަކުގައި އެމެރިކާ އަދި ޗައިނާގެ މަންދޫބުން ވެސް ބައިވެރިވެއެވެ.

ތައިލެންޑްކެމްބޯޑިއާމެލޭޝިއާޗައިނާއެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

1 ދުވަސް ކުރިން - 23:30

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

4 ދުވަސް ކުރިން - 09:14

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

7 ދުވަސް ކުރިން - 11:09