Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޕެއިން ބަލިކޮށް އިނގިރޭސީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ތަށި ހޯދައިފި

ސްޕެއިން ބަލިކޮށް އިނގިރޭސީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ތަށި ހޯދައިފި

އައިޝަތު އީމާން
408 ދުވަސް ކުރިން - 28 ޖުލައި 2025 02:50
ޔޫރޯ 2025 ގެ ތައްޓާއެކު އިންގްލެންޑުން އުފާފާޅުކުރަނީ - މިއީ އެ ގައުމުން މި ތަށި ކާމިޔާބުކުރި ދެވަނަ ފަހަރު.
ޔޫރޯ 2025 ގެ ތައްޓާއެކު އިންގްލެންޑުން އުފާފާޅުކުރަނީ - މިއީ އެ ގައުމުން މި ތަށި ކާމިޔާބުކުރި ދެވަނަ ފަހަރު.
ޚުލާސާ

އިނގިރޭސީން މި ތަށި ހޯދީ 1-1 ނަތީޖާއިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އިންގްލެންޑުގެ ކީޕަރު ހެނާ ހަމްޕޓަން.

ޔޫއެފާ ވިމެންސް ޔޫރޯ 2025 ގެ ފައިނަލުގައި ސްޕެއިން ބަލިކޮށް އިނގިރޭސީ ވިލާތުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ކާމިޔާބުކޮށްފިއެވެ.

މެޗުގެ 90 މިނެޓު 1-1 ނަތީޖާއިން ނިމި އިތުރު ވަގުތުގެ ދެ ހާފުގައި ގޯލެއް ނުޖެހި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިނގިރޭސީން މި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކުރީ މަރިއޯނާ ކަލްޑެންޓޭއެވެ. ދެވަނަ ހާފުގައި 57 ވަނަ މިނެޓުގައި އަލޭޝިއާ ރުސޯ ވަނީ އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

Advertisement

Advertisement 1

ޕެނަލްޓީގައި އިންގްލެޑުން ޖެހި ފުރަތަމަ ޕެނަލްޓީއާއި ހަތަރު ވަނަ ޕެނަލްޓީ ސްޕެއިންގެ ކީޕަރު ކަޓަރ ކޯލް ވަނީ ދިފާއުކޮށްފައެވެ. އަދި ސްޕެއިންގެ ދެވަނަ ޕެނަލްޓީއާއި ތިން ވަނަ ޕެނަލްޓީ އިންގްލެންޑުގެ ކީޕަރު ހެނާ ހެމްޕޓަން ވަނީ ދިފާއުކޮށްފައެވެ. ސްޕެއިންގެ ހަތަރު ވަނަ ޕެނަލްޓީ ދިޔައީ ތިން ދަނޑިން ބޭރަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އިންގްލެންޑުގެ ކީޕަރު ހެނާ ހެމްޕޓަނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ސްޕެއިންގެ މެދު ތެރެއަށް ކުޅޭ އައިޓާނާ ބޮންމަތީއެވެ. ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ހަމައެކަނި ގޯލު 113 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސްޕެއިން ފައިނަލަށް ގެންގޮސްދިނީ އައިޓާނާއެވެ. ނަމަވެސް ފައިނަލުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާއަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ބާސެލޯނާއަށް ކުޅޭ އައިޓާނާއަކީ 2023 އަދި 2024 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. މި މުބާރާތުގެ މޮޅު ކުޅުމާއެކު މިއަހަރުގެ ބެލޮންޑިއޯ ވެސް ލިބުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

މުބާރާތުގެ ގޯލްޑެން ބޫޓް ލިބިފައިވަނީ ސްޕެއިންގެ ފޯވާޑު އެސްތަރ ގޮންޒާލޭޒަށެވެ. މި މުބާރާތުގައި އޭނަ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. ޔޫރޯގައި މިހާތަނަށް އޭނާ ވަނީ ޖުމްލަ ފަސް ގޯލު ކާމިޔާބުކޮށް ތާވަލުގެ 10 ވަނައަށް އަރާފައެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ރެކޯޑު އޮތީ ޖަރުމަނުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އިންކާ ގްރިންގްސް އަދި ބާގިޓް ޕްރިންޒް އަތުގައެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 10 ގޯލު ކާމިޔާބުކޮށްފައެވެ.

މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ގައުމަކީ ވެސް ޖަރުމަނެވެ. ޖުމްލަ އަށް ފަހަރު ޖަރުމަނުން މުބާރާތް ކާމިޔާބުކޮށްފައިވާއިރު ދެވަނައިގައި އޮތީ މިރޭ މުބާރާތް ކާމިޔާބުކުރި އިނގްލެންޑާއި ނޯވޭއެވެ. މި މުބާރާތް ދެން އޮންނާނީ 2029 ވަނަ އަހަރުގައެވެ.

އިންގްލެންޑްސްޕެއިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

18 ދުވަސް ކުރިން - 22:08

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

51 ދުވަސް ކުރިން - 14:06

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

51 ދުވަސް ކުރިން - 03:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

56 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

60 ދުވަސް ކުރިން - 05:26