Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައިފި، ފުރަތަމަ ފްލައިޓުގެ ޝަރަފު ގައުމީ އެއާލައިނަށް!

އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައިފި، ފުރަތަމަ ފްލައިޓުގެ ޝަރަފު ގައުމީ އެއާލައިނަށް!

އައިޝަތު ޝިފްނާ ހުސައިން
400 ދުވަސް ކުރިން - 27 ޖުލައި 2025 21:00
އާ ޓާމިނަލްގެ އެއިރޯ ބްރިޖާއި މޯލްޑިވިއަންގެ ބޯޓު ގާތްކުރި ވަގުތު. މިއީ މި ޓާމިނަލުން ރަސްމީކޮށް ހިދުމަތްދިން ފުރަތަމަ ފްލައިޓް.—ފޮޓޯ:އެމްއޭސީއެލް
އާ ޓާމިނަލްގެ އެއިރޯ ބްރިޖާއި މޯލްޑިވިއަންގެ ބޯޓު ގާތްކުރި ވަގުތު. މިއީ މި ޓާމިނަލުން ރަސްމީކޮށް ހިދުމަތްދިން ފުރަތަމަ ފްލައިޓް.—ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

ފުރަތަމަ ހިދުމަތް ދިނީ އިންޑިއާގެ ކޮޗިން އިން ރާއްޖެއައި ފްލައިޓަކަށް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި ފުރަތަމަ ދަތުރުކޮށްފިއެވެ.

މި ހިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ ވައިޑްބޮޑީ ބޯޓުންނެވެ. އާ ޓާމިނަލްއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ މިއަދު މެންދުރު އިންޑިއާގެ ކޮޗިން އިން އައި ދިވެހި އެއާލައިނުންނެވެ. މި ދަތުރުގައި ގާތްގަނޑަކަށް 100 ޕަސެންޖަރުން ތިއްބެވެ.

މީގެ އިތުރުން އެ ފްލައިޓުގައި ތިބި ހުރިހާ ކްރޫއެއްވެސް ތިބީ ދިވެހި ސަގާފީ ހެދުމުގައެވެ.

Advertisement

Advertisement 1

މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ވިދާޅުވީ މިނިސްޓަރު އޮފް ފައިނޭންސް މޫސާ ޒަމީރު, މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން, މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގް އިބްރާހިމް, އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް, އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އެވެ.

އާ ޓާމިނަލުން މިއަދު ހިދުމަތްދިް މޯލްޑިވިއަން ފްލައިޓުން ދަތުރުކުރި ޕަސިންޖަރުންނަށް މަރުހަބާ ކިޔަނީ---ފޮޓޯ:އެމްއޭސީއެލް

އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސްރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ފަސިންޖަރުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީހަރަކާތްތަކާއެކު ފިނިފެންމަލުންނެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވައިފައެވެ. އެ ފިލާ އެ ކުންފުންޏަށް އެރުވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެކެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

1 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

7 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50