Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

އައިޝަތު ރުވާ ރިފްޢަތު
409 ދުވަސް ކުރިން - 27 ޖުލައި 2025 11:21
އެފްއޭއެމްގެ އައު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)
އެފްއޭއެމްގެ އައު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)
ޚުލާސާ

ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް،, އެންމެ މަތީ ލީގުގެ އިތުރުން، އަތޮޅުތަކުގައި ސެކަންޑް ލީގު ހިމެނޭހެން ހަފްތާއެއްތެރޭ ފުޓުބޯޅަ ކަލަންޑަރު އެކުލަވައި ނިންމާނެ.

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޠާރިޤު ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާގައި ކުލަބުތަކާއި އެކްސްކޯއިން ވާހަކަދައްކައިގެން ކަލަންޑަރު ފައިނަލްކޮށް، ކުރިޔަށްދާނެ ގޮތް އެނގިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ދެއަހަރުތެރޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ފުޓްބޯޅަ ސިސްޓަމު ހަމައަކަށް އެޅިގެންދާނެ ކަމަށް ވެސް އޭނާ އުންމީދު ކުރައްވަ އެވެ.

ޠާރިޤު އިތުރަށް ވިދާޅުވީ، މީގެ ކުރިންވެސް ކުޅިވަރުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ވެސް ފާސްކޮށްފައި އޮތީ ލާމަރުކަޒީކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހިންގާ ގޮތަށް ކަމަށެވެ. އެގޮތުގެ މަތިން ކުރިން ވެސް ހިންގާ ގަވާއިދު އިސްލާހު ކުރަން މަސައްކަތް ކުރެއްވި ނަމަވެސް އެފަހަރު އެ އިސްލާހުތައް އޮތީ ފާސް ނުވެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

Advertisement

Advertisement 1

"އޭރު އެ އިސްލާހު ފާސްނުވެ އޮތީ އެހެންނަމަވެސް މިހާރު އެ ބާރުތައް ދޭން އަލަށް އިންތިހާބުވި އެކްސްކޯއަށް ޓްރާންސްސިޝަނަލް މައްދާތަކުން އޮތީ މަޖުބޫރުކޮށްފަ. އަޅުގަނޑުމެންގެ ވިސްނުން އޮތީ ހަތަރު ސަރަހައްދަކަށް ބަހާލަން،" ޠާރިޤު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ހަދާނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް އޮތް ހަތް އަތޮޅާއި، މާލެ އަތޮޅުން ފެށިގެން ދ އަތޮޅާ ދޭތެރޭގެ ހަތް އަތޮޅާއި، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދޭތެރޭ އޮތް ހަ އަތޮޅާއި، އަދި މާލެ ސަރަހައްދަށް ވަކި ރީޖަނެއް ކަމަށް ޠާރިޤު ހާމަކުރެއްވި އެވެ.

މިހާތަނަށް އޮތީ މާލޭގައި ހުރިހާ މުބާރާތެއް ބާއްވާގޮތަށް ސިސްޓަމެއް ގާއިމުވެފަ، އެހެންނަމަވެސް ބޭނުންވަނީ އަތޮޅު މުބާރާތެއް ބޭއްވުމަށްފަހު ކޮންމެ ރީޖަނެއްގައި ޒޯން ވައިސްކޮށް ކުޅެގެން ވިޔަސް ރީޖަނަލް ލެވެލްގައި ލީގެއް ކްރިއޭޓް ކުރުން ކަމަށް ޠާރިޤު ވިދާޅުވި އެވެ.

އެގޮތުން، ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް، ރާއްޖޭގައި ވެސް އެންމެ މަތީ ލީގުގެ އިތުރުން، އަތޮޅުތަކުގައި ސެކަންޑް ލީގުގެ ނަމުގައި ލީގެއް އޮންނާނެ ކަމަށް ޠާރިޤް ފާހަގަކުރެއްވި އެވެ.

"އެންމެ މަތީ ލީގު އެއީ ރާއްޖޭގައި ޕްރިމިއާ ލީގު އެއާ ޖެހިގެން ހަތަރު ޒޯނުގައި ހަތަރު ލީގެއް މި ބާއްވަނީ. އޭގެން މޮޅުވާ ޓީމުތަކެއް ޕްރިމިއާ ލީގަށް މި ގެންނަނީ. އަޅުގަނޑުމެން އުންމީދަކީ ފުރަތަމަ ސީޒަން ފެށިގެންވެސް މިއަންނަ ސީޒަނަށްދާއިރު މާލެ ފިޔަވާ ތިން ރީޖަނުގައިވެސް ޓީމުތަކަށް ފުރުސަތު އޮންނާނެ ޕްރިމިއާ ލީގަށް ކޮލިފައިވާން،" ޠާރިޤު ވިދާޅުވިއެވެ.

މެންބަރު އަހްމަދު ތާރިގް - އެފްއޭއެމް ރައީސްއެފްއޭއެމްފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

29 ދުވަސް ކުރިން - 08:53

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

39 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

41 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

43 ދުވަސް ކުރިން - 10:11

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

59 ދުވަސް ކުރިން - 19:15