
ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙް ކުރުމަށް ރައީސް ޑރ. މުޢިއްޒު 2024 މޭ 28 ގައި ގޮވައިލެއްވި ގޮވައިލެއްވުން އދ. ގެ ވެރިޔާ ގުޓެރޭޒްގެ ވަދާޢީ ޚިޠާބުގައި ވެސް ފާހަގަކުރައްވައިފި.
20 ގަޑިއިރު ކުރިން - 08:00
ރާއްޖެއިން ވެސް ބޭރުގެ ފިއްތުންތަކާއި އެކު، ޤައުމުގެ މުސްތަގުބަލަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރަމުން، ރާއްޖެ އިން ދައްކަން ޖެހޭ ލޯނުތަކާއި މާލީ އިލްތިޒާމުތައް ކަށަވަރު ކުރަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި.
49 ދުވަސް ކުރިން - 12:45
އުކުޅަހުގައި ބޭއްވި އޮޑިޓް ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިސްކޮށްގެން ކަމަށް. އަދި ބޭރުގެ ފިއްތުންތަކާއެކުވެސް ރާއްޖެއިން މާލީ އިލްތިޒާމުތައް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވާފަ.
49 ދުވަސް ކުރިން - 12:16