
މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިތުރު ފުރުސަތެއް ދިނުމަށްކަމަށް ޒަކާރު ހައުސްއިން ހާމަކުރި،
44 ދުވަސް ކުރިން - 19:48
އެމްއޭއިން ހުޅުވާލާފައިވަނީ ބެޗެލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް. މަތީ ތައުލީމް ހާސިލް ކުރުމަށް ހުޅުވާލާފައިވަނީ މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އަދި އިންސީފް ޔުނިވަސިޓީން. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަސް.
74 ދުވަސް ކުރިން - 14:59
މީގެ ދަށުން ބެޗްލަރސް އަދި މާސްޓާސް ޑިގްރީގެ 12 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖުލައި 2026 އެވެ. މިއީ ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުވުމަށް ފަންނީ މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތެކެއް.
74 ދުވަސް ކުރިން - 12:32
މި ޕްރޮގްރާމަކީ އެމެރިކާގެ އެމްބަސީން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމުގެ ދަށުން، ހުރިހާ ހަރަދެއް އެމެރިކާ ސަރުކާރުން ބަލަހައްޓާ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެއްކަށްވާއިރު މި ފަހަރުގެ ޕްރޮގްރާމުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ އެއް ފުރުސަތެއްކަން ފާހަގަކޮށްލެވޭ.
91 ދުވަސް ކުރިން - 13:23