ޑިސެމްބަރ 1 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސިއްޙަތާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ދިވެހިރާއްޖެ އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓްގައި ބައިވެރިވުމަށް ނިންމައިފި
635 ދުވަސް ކުރިން - 19:44
ސަރުކާރުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ނިންމައި، ފުރަތަމަ މަރުޙަލާގައި 213 ބޭހެއްގެ އަގަށް ނޮވެމްބަރު މަހު ބަދަލު ގެންނަން ނިންމައިފި. މިކަމުގެ ސަބަބުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތްވާނެ.
670 ދުވަސް ކުރިން - 09:48
ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާކުރުމަށް، ހެވީމެޓަލްސް ޓެސްޓުކުރާ އައިސީޕީ-އެމްއެސް މެޝިނެއް ފޯރުކޮށްދިނުމަށް، ތިމާވެށްޓާއި ޞިއްޙަތާބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައި.
673 ދުވަސް ކުރިން - 16:45
މި އެވޯޑަކީ ދިވެހިރާއްޖޭގެ ޢާއްމު ސިއްޙަތުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުންނޭ.
689 ދުވަސް ކުރިން - 11:11
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިއްޙީ ވުޒާރާއިން އެކުލަވާލާ ޤައުމީ ފެންވަރުގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީގައި ބަލިމީހުންގެ ބައިވެރިވުން ހިމެނުމަށް ނިންމައިފި. މިކޮމިޓީ މިއަހަރުގެ ތެރޭގައި އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވޭ.
705 ދުވަސް ކުރިން - 10:03