
އެމްބީއޭގެ ކޮމިޓީތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، އާ ދާއިމީ ކޮމިޓީއެއް އުފައްދަން އަދި އެހެނިހެން ބަދަލުތަކެއް ގެންނަން އެމްބީއޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މި ބަދަލުތައް ފާސްކޮށްފި.
717 ދުވަސް ކުރިން - 16:16
ފާތިމަތު ރިޝްމާ 22 އަހަރަށްފަހު ބާސްކެޓްބޯޅަ ކުޅުން ހުއްޓާލައިފިކަން ރޭ އިއުލާންކޮށްފި. ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ މި ނިންމުން އިއުލާންކުރީ ސުޕަ ކަޕް 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު.
739 ދުވަސް ކުރިން - 07:26
ސުޕަ ކަޕް 2024 ގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ސްރީ ލަންކާގެ އީގަލްސް ކުލަބުން ހޯދައިފި. ރޭ ފިރިހެން ބައިގައި ލަންކާގެ އީގަލްސް އިން ވަނީ ރެޑްވިންގްސް ބަލިކޮށް ތަށި ހޯދިއިރު އީގަލްސްގެ އަންހެން ޓީމު ވަނީ އިއްޔެ ހަވީރު ކުއީންސް ބަލިކޮށް ތަށި ހޯދާފަ. މި މުބާރާތް ކުރިއަށް ގެންދިޔައީ ޒުވާނުންގެ މަރުކަޒުގައި.
739 ދުވަސް ކުރިން - 07:04