ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ސިޓީން. ހާލަންޑު އޭނާގެ 100ވަނަ ލަނޑު 9ވަނަ މިނެޓުގައި ޖެހިޔަސް އޭގެ ފަހުން އާސެނަލް ވަނީ ދެގޯލު ޖަހާފަ. އާސެނަލްއަށް ޕްރެޝަރާއި ކުރިމަތިލާން ޖެހުނީ ރަތްކާޑުގެ ސަބަބުން 10 ކުޅުންތެރިންނަށް ބަދަލުވީމަ. ސިޓީން ވަނީ މެޗު ނިމެނިކޮށް އެއްވަރުކޮށްފަ
753 ދުވަސް ކުރިން - 13:01
މެންޗެސްޓާ ސިޓީއަށް މާލީ ގޮތުން ގަވާއިދާ ހިލާފުވުމުގެ އަޑުއެހުންތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ޕޮއިންޓް އުނިވުން ނުވަތަ ރެލިގޭޓްވުމުގެ ފުރުސަތު އެބައޮތް. ދައުވާއާ ދެކޮޅަށް ސިޓީން ހަނގުރާމަ ކުރަމުންދާއިރު ގާޑިއޯލާ ބުނީ ގިނަ ބަޔަކު ބޭނުންވަނީ ކްލަބުގެ ނަން ފޮހެލުމަށް
754 ދުވަސް ކުރިން - 12:59
އިނގިރޭސި ޕްރިމިއާ ލީގުގައި މާލީ ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 115 ދައުވާއެއް ވަނީ އުފުލާފަ. މިނިވަން ކޮމިޝަނަކުން ބަލަމުން އަންނަ މި މައްސަލައިގެ ސަބަބުން ކްލަބަށް ބޮޑެތި އަދަބުތަކެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުއެޅުމަކީ އެކަށީގެންވާ ކަމެއް.
759 ދުވަސް ކުރިން - 15:54