
އައު ބަނދަރުގައި 1400 މީޓަރުގެ މަގަތު ފާލަމަކާއި ޒަމާނީ ކްރޭންތައް ހުރުމުން، އަހަރަކު ހޭންޑަލްކުރާ ކޮންޓެއިނަރުގެ އަދަދު 80,000 އިން 390,000 އަށް އިތުރުވާނެ. ސައްތައިން ސައްތަ ދިވެހިން ހިންގާ މި ބަނދަރުގެ ސަބަބުން މުދާ ލިބުން އަވަސްވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ޔަގީންކަންދޭ.
17 ދުވަސް ކުރިން - 08:29
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުން. އަންނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި.
28 ދުވަސް ކުރިން - 01:05
ރާއްޖޭގެ އިގްތިސާދަށް ހުރަސްއެޅޭ ފަދަ ބޮޑެތި މައްސަލަތައް ކުރީގެ ސަރުކާރުތަކުން ފެނުނު ނަމަވެސް އަޅާނުލާ ދޫކޮށްލީ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ފަދައިން 2027 ގެ ނޮވެމްބަރުގެ ކުރިން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި.
45 ދުވަސް ކުރިން - 21:20