އެއްވެސް ޕްލޭނެއް ނެތި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރު ކުރީކޮޅު. ނަމަވެސް ހާލަތު ރަނގަޅުކޮށް މަސައްކަތް ފެށީ މިއަހަރު އޭޕްރީލް މަހު.
366 ދުވަސް ކުރިން - 20:13
އެމްޓީސީސީން ބުނީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް.
543 ދުވަސް ކުރިން - 16:12
މިއީ ކުރީ ސަރުކާރުން އިއުލާންކުރި ޕްރޮޖެކްޓެއް ނަމަވެސް މިކަމުގައި ބަޖެޓް ހަމަޖައްސާފައެއް ނުވޭ. މަސައްކަތުގެ ޕްލޭނެއްވެސް އަދި އެއްވެސް ކަމެއް ހަމަނުޖައްސާ.
587 ދުވަސް ކުރިން - 09:06
ސަރުކާރަށް މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ، ރައްޔިތުންގެ އިޙްސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރުކަމަށް މެންބަރު އަނާރާ ވިދާޅުވި.
677 ދުވަސް ކުރިން - 19:35
ބަނދަރުގެ ޖާގައިގެ މައްސަލައަށް ޙައްލު ހޯދުމަށް، އިތުރު ބަނދަރެއް ތަރައްޤީ ކުރުމާއި މިހާރު އޮތް ބަނދަރު ބޮޑުކުރުމާއި ދޭތެރޭ ގޮތެއް ނިންމާނީ ރަށު ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަޝްވަރާއާއެކު ކަމަށް ރައީސް ވިދާޅުވި.
677 ދުވަސް ކުރިން - 19:29
މިއަހަރަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރުކަމަށާއި، ބިން ހިއްކައި ބިމުގެ ޖާގަ ބޮޑުކުރުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގައި އެމަސައްކަތްތައް ކުރެވިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި.
677 ދުވަސް ކުރިން - 19:20
ގުޅީގައި އައު ކައުންސިލް އިދާރާއެއް ޤާއިމު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި.
677 ދުވަސް ކުރިން - 18:41