
"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 16 ގަ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށް. ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެ.
9 ދުވަސް ކުރިން - 09:59
މުޅިން ހިލޭ ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހަފްތާއަކު ތިން ދުވަހު ލުއި ކަސްރަތު ކުރުމާއި، ހަވީރުގެ ސައި، ކުޑަގިރިއަށް ދަތުރުދިއުން، މެޑިކަލް ޗެކަޕް އަދި ސަގާފީ މައުލޫމާތު ހިއްސާކުރުން ހިމެނޭ. މީގެ އަމާޒަކީ އެކަހެރިކަން ނައްތާލައި، އިސްރަށްވެހިންނަށް ހިތްފަސޭހަ އަދި ދުޅަހެޔޮ މާހައުލެއް ހޯދައިދިނުން.
45 ދުވަސް ކުރިން - 19:23
މި މަޝްރޫއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެއް.
102 ދުވަސް ކުރިން - 23:12