
ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފަ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.1 ބިލިޔަން ރުފިޔާ
47 ދުވަސް ކުރިން - 10:15
މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ލިބިފައިވަނީ 17.02 ބިލިއަން ރުފިޔާ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާމްދަނީ ލިބުނު މިންވަރު ވަނީ ގާތްގަނޑަކަށް 13.4 އިންސައްތަ އިތުރުވެފަ. ޖީ.އެސް.ޓީގެ ގޮތުގައި 9.57 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 49.6 އިންސައްތަ.
49 ދުވަސް ކުރިން - 15:23
ފަތުރުވެރިކަމުގެ ދާއިރާއިން ގާތްގަނޑަކަށް 1.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ %37.2. ޓެކްސް އާމްދަނީ 2.18 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 742.5 މިލިއަން ރުފިޔާ ވަނީ ލިބިފަ. މިއީ ފާއިތުވި 5 އަހަރު ޖޫން މަހެއްގައި ލިބުނު އެންމެބޮޑު އާމްދަނީ.
49 ދުވަސް ކުރިން - 14:07