
މި އިސްލާހުގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ގާނޫނީގޮތުން ލާޒިމްކޮށްފަ.
1 ގަޑިއިރު ކުރިން - 18:54
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި ހަމަހަމަ މާހައުލެއް ގާއިމުކުރުން. މި ބަދަލާއެކު ނޮން-ރެސިޑެންޓް ކޮންޓްރެކްޓަރުން ސާފުކޮށް މާނަކޮށްދީފައިވާއިރު، ޓެކްސް ބަޔާން ހުށަހެޅުމަށް އިދާރީ ލުއިތަކެއް ލިބޭނެ. ގެޒެޓުގައި ޝާއިއުކުރުމާއެކު މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ.
2 ގަޑިއިރު ކުރިން - 18:37
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ގެޒެޓުކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ. ނަމަވެސް، މި ޓެކްސް ރަސްމީކޮށް ނަގަން ފަށާނީ 1 އޮކްޓޫބަރު 2026 އިން ފެށިގެން. އަދި 30 ދުވަހުގެ ތެރޭގައި މީގެ ގަވާއިދުތައް ގެޒެޓުކުރަންޖެހޭނެ.
2 ގަޑިއިރު ކުރިން - 18:26