
މި.މެޗު ޕޯޗުގަލް ކާމިޔާބުކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން. މި މެޗުގައި ކޮރޭޝިއާ ގޯލު ޖަހައިދިނީ ޕެރިސިޗް. ޕޯޗުގަލަށް ގޯލު ޖަހައިދިނީ ރޮނާލްޑޯ އަދި ގޮންޒާލޯ ރާމޮސް. މި ނަތީޖާއާއެކު ކޮރޭޝިއާ ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައި
50 ދުވަސް ކުރިން - 06:12
ކެނެޑާގެ ޓޮރޮންޓޯގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު ކުރިމަތިލުމެއް. ރޮނާލްޑޯގެ ޕޯޗުގަލްއަކީ މެޗުގެ ފޭވަރިޓުން ކަމުގައި ބެލެވުނަސް، މޮޑްރިޗްގެ ކްރޮއޭޝިއާއަކީ ނޮކްއައުޓް ބުރުތަކުގައި ވަރުގަދަ ތަޖުރިބާކާރު ޓީމެއް. މި މެޗުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރާނީ ސްޕެއިން ނުވަތަ އޮސްޓްރިއާ.
51 ދުވަސް ކުރިން - 23:26
ކްރޮއޭޝިއާއިން ލަނޑެއް ޖަހައި 2-2 އިން އެއްވަރުކޮށްފައި ވަނިކޮށް ބެލިންހަމް އާއި ރަޝްފޯޑްގެ ލަނޑުތަކާއެކު އިންގްލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ. މެޗު ނިމުނީ 4-2 އިން އިންގްލެންޑް މޮޅުވެގެން.
65 ދުވަސް ކުރިން - 09:58